މަހުދީ ނިޔާވި ގޮތް ފުލުހުން ތަހުގީގު ކުރަނީ

މަހުދީ ނިޔާވި ގޮތް ފުލުހުން ތަހުގީގު ކުރަނީ

ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށްދިޔަ އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަން މުހައްމަދު މަހުދީ، ނިޔާވި ގޮތް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސާޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ފަސް މީހުންނެވެ. އެއީ ހަތަރު ޓޫރިސްޓުންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރު މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ތިބީ ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައެވެ.

ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މަސައްކަތްކުރަމުންދަނިކޮށް، މަހުދީ ނިޔާވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއަށްފަހު އެމްއެންޑީއެފްގެ އޮޕަރޭޝަން ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

އެއަށްފަހު އެ އޮޕަރޭޝަން އަލުން ފަށާފައިވަނީ އިޓަލީ ސަރުކާރުން ފޮނުވި ފިންލެންޑް ޑައިވަރުންގެ ޓީމެއްގެ އެހީތެރިކަމާއެކުއެވެ. އެގޮތުން އިއްޔެ ދެ މީހެއްގެ ހަށިގަނޑު ނަގާފައިވާ އިރު، ބާކީ ދެ މީހުންގެ ހަށިގަނޑު ނެގީ މިއަދުގެ ވަގުތެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *