ޑައިފޯމިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ޑައިފޯމިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ޑައިފޯމިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައިވަނީ ނ. މިލަދޫ / އަލަމާގެ، އުމުރުން 43 އަހަރުގެ އަހްމަދު އަބްދުލްހާދީގެ މައްޗަށެވެ. އޭނާ ޖަލަށްލުމުގެ އިތުުރުން 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ކޯޓުން ހުކުމް ކުރިއެވެ.

އަހްމަދު އަބްދުލްހާދީގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ ހަތަރުވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނީ އެ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *