ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ އައިޖީއެމްއެޗުގައި ފަރުވާ ނަގަމުން ދަނިކޮށް ފިލި މީހާ ހޯދައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ އައިޖީއެމްއެޗުގައި ފަރުވާ ނަގަމުން ދަނިކޮށް ފިލި މީހާ ހޯދައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ އައިޖީއެމްއެޗުގައި ފަރުވާ ނަގަމުން ދަނިކޮށް ފިލި މީހާ ހޯދައިފި އެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މީހާ ފިލީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

އަދި އޭނާ ހޯދުމަށް ކުރި މަސައްކަތުން މިއަދު އޭނާ އަލުން ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންްޏެވެ.

ފިލި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރި އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އޭނާ ހައްޔަރުކޮށްފައި ހުރީ ކޮން މައްސަލައެއްގައި ކަމެއް ވެސް ސާފެއް ނުވެއެވެ.

ބަންދުގައި ތިބޭ މީހުންނާއި ޖަލު ހުކުމް ތަންފީޒުކުރާ މީހުން ހޮސްޕިޓަލަށާއި އެހެނިހެން ތަންތަނަށް ގެންދާއިރު ފިލުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *