އެޗްޑީސީގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

އެޗްޑީސީގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުގެ މަގާމުން ޔޫސުފް ވަހީދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ. ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ ސެޕްޓެމްބަރު 2024 ގައެވެ.

އޭނާ މިވަގުތު ހުންނެވީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ.

އޭނާއަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލް ކުރައްވާފައިވާ އަދި ފައިނޭންސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ވެސް ފުރިހަމަ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *