ޔާމީންގެ މެސެޖެއް ސަޕޯޓަރުންނަށް: ސާބިތުކަމާއެކު ތިއްބަވާ، ތިޔަ ބޭފުޅުން ނާއުންމީދު ވިޔަކަނުދޭނަން

ޔާމީންގެ މެސެޖެއް ސަޕޯޓަރުންނަށް: ސާބިތުކަމާއެކު ތިއްބަވާ، ތިޔަ ބޭފުޅުން ނާއުންމީދު ވިޔަކަނުދޭނަން

ރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ހުރިހާ ފަރާތްތަކަށް ޚާއްޞަ މެސެޖެއް ފޮނުއްވައި، ސާބިތުކަމާއެކު ތިއްބެވުމަށާއި ނާއުއްމީދު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ތިން ރައީސުންނާއެކު މަސައްކަތްޕުޅު ކުރެއްވުމަކީ ލާޤައުމީ ވެގެން ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ އަބަދުވެސް ވަރަށް ޤައުމީ، ވަޠަނީ ބޭފުޅެއް ކަމަށާއި އަދިވެސް ހުންނެވީ ހަމަ އެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަބަދުވެސް ވަރަށް ވަޠަނީ މީހެއް، އަދިވެސް މިހުރީ އެގޮތުގައި. އަޅުގަނޑަށް ސަޕޯޓުކުރާ އެންމެންނަށްވެސް ދަންނަވާލާނީ ސާބިތުކަމާއެކު ތިއްބަވާށޭ، އަޅުގަނޑެއް ތިބޭފުޅުން ލެޓް ޑައުނެއް ނުކުރާނަމޭ" ޔާމީން ވިދާޅުވި އެވެ.

ޔާމީން މި މެސެޖު ފޮނުއްވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ގުޅިގެން މަސައްކަތްޕުޅު ކުރައްވަން ނިންމެވި ނިންމެވުމާ ގުޅިގެން، އެކިގޮތަށް ވާހަކަ ދެކެވެމުންދާތީއެވެ.

ތިން ރައީސުން ގުޅިގެން މަސައްކަތް ކުރައްވަން ނިންމެވީ ނޫސްވެރިންނަށް ސަރުކާރުން ދެމުންދާ އަނިޔާ އާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައި ގަންނަމުންދާ ދިއުމާއި ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *