އެމްޑަބްލިޔުއެސްސީގެ ޗެއާމަންގެ މަގާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއާމަންގެ މަގާމުން ޝަމްހޫޒާ ވަކިކޮށްފި

މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަންކަމުން ޝަމްހޫޒާ އަހުމަދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން މިއަދު ބުނީ ޝަމްހޫޒާ އެ މަގާމުން ވަކިކުރީ މިއަދު ކަމަށެވެ.

ޕީސީބީން ބުނީ ޝަމްހޫޒާ މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަަމަށެވެ.

ޝަމްހޫޒާ ވަކިކުރި އިރު، އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިދިޔަ މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިހާރު ވަނީ ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސައިން ފަހުމީ އައްޔަނު ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *