ދިރިހުރުން ނާދިރު ކަމަށްކަނޑައެޅުމުން ޕެންޝަން ފައިސާ ނެގޭގޮތަށް ފާސްކޮށްފި
ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެ ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަނޑައަޅާ ހާލަތްތުގައި ޕެންޝަން ފައިސާ ދޫކުރެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި މިބިލު ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުންނެވެ.
ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރެވޭ ހާލަތްތަކުގެ ގޮތުގައި މި ބިލުގައި ބުނެފައިވަނީ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ހަރަދު ކުރުމަށް ދޫކުރެވޭނީ، ޕެންޝަން ސްކީމްގެ ބައިވެރިޔަކު ޓާމިނަލް އިލްނެސް ހާލަތެއްގައި އޭނާގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ރައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ އެކައުންޓްގައި ޖަމާވެފައިހުރި ފައިސާ އެފަރާތަކަށް ދޫކުރެވިދާނެ ކަމަށެވެ.
"ޓާމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބިލުގައި ބުނެފައިވަނީ، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައިވިޔައް 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް، އެފަދަ ބައްޔަކާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްކަމަށް ވެސް ބިލުގައި ވެއެވެ.
ގާނޫނަށް އިތުރުކުރަން ބިލްގައިވާ މާއްދާތަކުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަ ނުވިނަަމަވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް، އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ހައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެ ކަމަށް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ.
ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކައިފިނަމަ، ބާކީ 80 އިންސައްތަ ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތް ހެދުމަށްވެސް ވަނީ ހުށަހަޅައިފައެވެ






5 Responses
މީހަކ މަރުވާނެެ މުއްދަތުއެގޭނެގޮތ ދެނެގަތ
12މަސް ކަނޑަ އަޅަން އެނގޭކަންއެނގޭނެ އެއްވެސް ގޮތެއް އިންސާނަކަށް ކަނޑައަޅަން ، ބުނެދެން ، ވެސް އެނގޭނެ ބާ…..
سبحان الله ….
މާތްކަލާކޯ…..
މާރަގަލގެއް ނޫންތަ. 55 ޢަހަތުވީމަ ރިޓަޔާވީމަ ލާރިދޭ އުސޫލް ބެއްވިނަމަ
ފައިސާގެ އަގަށް އެތައްފަހަރަކު ބަދަލު އައި އިރުވެސް މީގެ 50 އަހަރު ކުރިން ދޭންފެށި ޕެންޝަންގެ އަދަދަކަށް ބަދަލެއް ގެންނާކަށް އެކަކަށްވެސް ނުފެނުނު! ގާނޫނުތައް ހަދާ ބަދަލުގެންނަނީ އަލިފާން ރޯވީމާ ނިއްވަން ފެންޖަހާ އުސޫލުން ކަމަށް ވެއްޖެއްޔާ ރައްޔިތުންނަށް ރަގަޅު ހައްލެއް ނުލިބޭނެ.
12މަސް ކަނޑަ އަޅަން އެނގޭކަންއެނގޭނެ އެއްވެސް ގޮތެއް އިންސާނަކަށް ކަނޑައަޅަން ، ބުނެދެން ، ވެސް އެނގޭނެ ބާ…..
سبحان الله ….
މާތްކަލާކޯ…..