ވެލާނާ އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތަކެއް ހޯދަނީ

ވެލާނާ އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތަކެއް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އާމްދަނީ ވަންނާނެ އިތުރު މަގުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ވިދާޅުވީ، ތަފާތު އަދި ދެމެހެއްޓެނިވި އާމްދަނީގެ މޮޑެލްއެއް ބިނާ ކުރުމުގެ ގޮތުން ލައުންޖްތަކާއި ރީޓެއިލް، އެފްއެންޑްބީ ފަދަ ހިދުމަތްތައް އިޝްތިހާރު ކުރުމާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަންވެސް ވިދާޅުވި އެވެ. ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، ޑިޖިޓަލް ވޭފައިންޑިންގ، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީ ސްކްރީނިންގ، އަދި މޮބައިލް ބޯޑިން ސޮލިއުޝަންތަކަކީ އެ ލިސްޓްގައި ހިމެނޭ ކަންކަމެވެ.

އިބްރާހީމް ޝަރީފް ވިދާޅުވީ ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލި ހާލަތްތަކަށް ތައްޔާރު ވެފައިވާ، ދެމެހެއްޓެނިވި ތަރައްގީ އަށް ބާރު ފޯރުވާ އެއާޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *