ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފްގެ މައްޗަށް އަބުރުގެ ދައުވާކޮށްފިއެވެ.
އަޒާން، މޫސާ ލަތީފްއާ ދެކޮޅަށް ދައުވާކުރީ ދައުރު ނޫހުގައި މޫސަ، އަޒާންއާ ގުޅޭ ގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ.
އަޒާން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މައްސަލަ ބަލައި ނިމެންދެން އެ ލިޔުން އާންމުންނަށް ނުފެންނާނެ ގޮތް ހެދުމަށާއި އަދި އަބުރަށް އަރައިގަތް ކަމަށް ކަނޑައަޅައި 5000 ރުފިޔާ ނަގައިދީ އަދި ގާނޫނީ ވަކީލުންނަށާއި މައްސަލަ ރަޖިސްޓްރީކުރަން ހޭދަވި 28،670ރ. ނަގައިދިނުމަށް އެދިފައެެވެ.
އެ މައްސަލައިގައި ދައުރު ނޫހުގެ އިތުރުން އެ ނޫސް ހިންގާ ކުންފުނި 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް ވެސް އަޒާން ވަނީ ދައުވާކޮށްފައެވެ.
"ދެން" އަށް އެެނގިފައިވާ ގޮތުން އެ މައްސަލައިގައި އަންނަ ހޯމަ ދުވަހު ސިިވިލް ކޯޓަށް ހާޒިރުވާން މޫސާ ލަތީފަށް ވަނީ ޗިޓް ވެސް މިހާރު ފޮނުވައިފައެވެ.





