ފުލުހުންގެ ބަންދުގައި ހުރި މީހަކު ފަރުވާއަށް ގެނެސް އެޑްމިޓްކޮށްފައި އޮއްވާ ފިލައިފި އެވެ.
ފުލުހުން ދެންމެ ބުނީ ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މެއި 8 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.
އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.ޭ
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.





