އޮރިޔާން ވީޑިއޯ ލީކު ކުރި މައްސަލައިގަ ހިމެނޭ މީހުން ދޫކޮށްލި އަމުރު ބާތިލް ކޮށްފި

އޮރިޔާން ވީޑިއޯ ލީކު ކުރި މައްސަލައިގަ ހިމެނޭ މީހުން ދޫކޮށްލި އަމުރު ބާތިލް ކޮށްފި

އަންހެނެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ލީކުކުރި މައްސަލައާގުޅިގެން ބަންދުކުރި ދެމީހުން ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލައާގުޅިގެން ހައްޔަރުކޮށް، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ތަކުރާރުކޮށް ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ދޫކޮށްލީ އދ. މަހިބަދޫ ބަހާރުގެ ޒުބައިރު އަލީ އާއި ދަފްތަރު ނަމްބަރު 14751 ނާސިފް އަލީ އެވެ.

މީއީ އަންހެނެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގައި ލީކް ކުރާނެކަމަށް އެ އަންހެން މީހާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެންމީހާ ބިރުދައްކައި އިންޒާރު ދީފައިވަނިކޮށް 2024 ވަނަ އަހަރުގެ އެޕްރީލް މަހުުގެ 12 ވަނަ ދުވަހު އެ އަންހެންމީހާ ގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޓެލެގްރާމްގައި ހިންގާ "ދި ލީކްސް" ނަމަކަށްކިޔާ ޗެނަލެއްގައި ޕޯސްޓް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ތަހްގީގަށް ލިބެންހުރި ހެކި ގަރީނާ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް ބެލެ ވޭތީ ކޯޓު އަމުރެއްގެ ދަށުން 10 އޯގަސްޓް 2024 ގައި ޒުބައިރު އަލީ ހައްޔަރުކުރިއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތްކަމަށް އެކަށީގެންވާ މިންވަރަށްހެކި ލިބިފައިވާތ،ީ ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކަށް ރިއާޔަތްކޮށ،ް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައ،ި އޭނާގެ ބަންދުގެ މުއްދަތު ހަ ފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށ،ް 14 އޮކްޓޫބަރު 2024 ގައި ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

މި މައްސަލައިގައި ނާސިފް އަލީ ހައްޔަރުކުރީ "ދި ލީކްސް" ޗެނަލަށް ވަނުމުގެ އެކްސެސް ހޯދުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހިއްސާކޮށްފައިވާ ބޭންކް އެކައުންޓް ނަންބަރަކީ އޭނާގެ ނަމުގައިބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށްވެފައ،ި މި މައްސަލައިގައި އޭނާ ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކި ނައްތާލަފާނެކަމަށް ފެންނާތީއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިލިބިފައިވާތ،ީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ރިއާޔަތްކޮށ،ް ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމުގެ އިޙްތިމާލު އޮތްކަމަށްބަޔާންކޮށ،ް ހަ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތުވެސް އިތުރުކޮށް، އެ މައްސަލައިގައި ހުކުމް ކުރެވެންދެން ނުވަތަ ބަންދާމެދު އިތުރުގޮތެއް ކަނޑަ އަޅަންދެން އޭމާ ބަްނދުކުރަން އަމުރުކުރިއެވެ.

ނަމަވެސް އެ ދެ ފަރާތުން އެދިގެން މި ދެ އަމުރު މުރާޖައާ ކުރުމަށްފަހު ޝަރުތު ތަކަކާއެކު އެ ދެމީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. އެ ކަމާ ގުޅިގެން އެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅިއެވެ.

މި އަމުރުގެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ހުކުމްކުރީ އެ ދެމީހުން ދޫކޮށްލަން ކުރި އަމުރު ބާތިލް ކަމަށެވެ. އަދި ޒުބައިއު އަލީ އާއި ނާސިފް އަލީގެ ބަންދާމެދު އަލުން ގޮތެއް ކަނަޑައަޅަން ކުރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ ފަސް ދުވަހުގެ ތެރޭގައި އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ވެސް ކުރިމިނަލް ކޯޓަށް ވަނީ އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *