އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މަރްޔަމް ރިޔާސާ، މާލެ / ގ. ސައުތުބްރީޒްއެވެ. މަރްޔަމް ރިޔާސާގެ މައްޗަށް ދައުލަތުން އުފުލި ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.
އެ މައްސަލައިގައި އިއްވާފައިވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެކެވެ.





