އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް މަނާކޮށްފައި އޮތުން އުވާލަން މަޖިލީހަށް ހުށަހަޅައިފި

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް މަނާކޮށްފައި އޮތުން އުވާލަން މަޖިލީހަށް ހުށަހަޅައިފި

އެޓެންޝަން ޑެފިސިޓް/ ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަން ސަރުކާރުން ނިންމައި އެކަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނެޝަނަލް ޑްރަގު ކޮންޓްރޯލް ކައުންސިލުން ދިން ލަފައަކާއެކު ކެބިނެޓާ މަޝްވަރާ ކޮށްގެން އެ މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އެ މައްސަލަ ހުށަހެޅި އެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީމިއަދުގެ ޖަލްސާގައި ވަނީ މަޖިލީހަށް އިއްވައިފައެވެ.

އެ ސިޓީގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި މަނާ ލިސްޓް އުނިކުރަން އެދިވަޑައިގަތް ގޮތުގައި ބޭސް "މިތައިލްފެނިޑޭޓް" އަކީ އޭޑީއެޗުޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަކަށް ބޭނުން ކުރާ ބޭހެކެވެ.

އެކަމަކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ލިސްޓުކޮށްފައިވާ މަނާ ޑްރަގުތަކުގެ ތެރޭގައި އެ ބޭސް ހިމެނޭކަން ފާހަގަކޮށް، ސިޓީގައި ރައީސް އެދިވަޑައިގެންފައިވަނީ، ކެބިނެޓުން ނިންމާފައިވާ ގޮތަށް މަނާ ޑްރަގު ލިސްޓުން އެ ބޭސް އުނިކޮށް ދިނުމަށް މަޖިލީހުން ރުހުން ދިނުމަށެވެ.

މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށްދޭން އެދި އެމްއެފްޑީއޭއިންވެސް މިދިޔަ އަހަރުގެ ޖުލައި 13 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *