ނަޝީދުގެ ޓީމުން މީކާއީލާ ދެކޮޅަށް ދެއްކި ވާހަކަ ތަކަށް މެމްބަރުން- ތީތި ކަޑަ!

ނަޝީދުގެ ޓީމުން މީކާއީލާ ދެކޮޅަށް ދެއްކި ވާހަކަ ތަކަށް މެމްބަރުން- ތީތި ކަޑަ!

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު، ގަލޮޅު ކަންމަތީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނާއެކު އޮތް ކެމްޕޭން ހަރަކާތުގައި މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަތަކުން އެމްޑީީގެ މެމްބަރުންގެ މެދުގައި ނުތަވަސްކަން ވަނީ އުފެދިފައެވެ.

އެ ބައްދަލުވުމުގައި މާރިޔާ ވަނީ އިދިކޮޅު ކެންޑިޑޭޓް މީކާއީލް ނަސީމަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. މާރިޔާގެ މި ރައްދުން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ވަނީ ހޫނުކަމާއި ނުތަވަސްކަން އުފެދިފައެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީގެ އާންމު މެމްބަރުން ފާޅު ކުރަމުންދާ ޝުއުރޫތަކަށް ބަލާއިރު މިއީ ވަރަށް ގޯސް މަންޒަރެކެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ވާހަކަތައް މާރިޔާ ދެއްކެވީ ކޮންމެވެސް ބޭފުޅެއްގެ އިޝާރާތުން ކަމަށްވެސް ބެލުމުގެ ޖާގަ އެބައޮތެވެ. މިކަންބޮޑުވުން ހަމައެކަނި ފާޅުކުރަނީ މީކާއީލްގެ ސަޕޯޓަރުން އެކަންޏެއްނޫނެވެ.

މި ޖަލްސާގައި މާރިޔާ ދެއްކެވި ވާހަކަތަކަށް ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް ފަރާތްތައްވެސް ހިމެނެއެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ ނަޝީދުގެ ކެމްޕޭނުން މުޅި މަންޒަރު ހަޑި ކުރަމުން އަންނަ ކަމަށެވެ. އިންތިޚާބު ނިމޭއިރު އެއްބަޔަކު އަނެއް ބަޔަކަށް އަނގައިން ނުބުނެވޭހާ ހަޑި ކެމްޕޭނެއް ކޮށްފިނަމަ އޭގެ ހިތި ލިބޭނީ މުޅި ޕާޓީއަށް ކަމަށެވެ.

މި ޖަލްސާގައި މާރިޔާ އިޝާރާތް ކުރެއްވި ގޮތުގައި މީކާއީލްއަކީ ކުޑަކުޑަ ކުއްޖެކެވެ. އެ ކުއްޖާގެ ފަހަތުގައި ތިބީ "ބާޣީން" ކަމަށް ސިފަ ކުރެއްވިއެވެ. އަދި މީކާއީލް ނުހޮވުނަސް އޭނާ ޕާޓީން ވަކިނުވާނެ ކަމަށް ވިދާޅުވާތީ އެކަމަށްވެސް މާރިޔާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވިޔަސް އޭނާގެ ފަހަތުން ޕާޓީން ވަކިވެގެންދާނެ ބަޔަކު ނެތް ކަމަށެވެ. މީކާއީލްގެ ފަހަތުން ދާނީ ހަމައެކަނި އޭނާގެ މަންމަ ކަމަށްވެސް ސިފަ ކުރެއްވިއެވެ.

އެމްޑީީގެ އާންމު މެމްބަރުން ދެކޭގޮތުގައި ޕާޓީގެ މަސްލަހަތަށް ބެލުމެއް ނެތި، އަދި މެމްބަރުންގެ ވިންދަށް ބެލުމެއް ނެތި މިފަދަ ވާހަކަތައް އިދިކޮޅު ކެންޑިޑޭޓަށް ނަޝީދުގެ ކެމްޕޭން ޓީމުން އަމާޒު ކުރަމުންދާ ނަމަ، ކެމްޕޭން ނިމޭއިރު ފެންނާނީ އެހެން މަންޒަރެކެވެ.

މީކާއީލްގެ ސަޕޯޓަރުންވެސް އެދެމުން ދަނީ ޒާތީނުވެ ކެމްޕޭން ކުރުމަށެވެ. ޒާތީވެ ހަޑި ކެމްޕޭން ނަޝީދުގެ ޓީމުން ކުރާނަމަ، އިންތިޚާބަށްފަހު އުންމީދުކުރާ މަންޒަރަކީ އިންތިޚާބުގެ ކުރިން ހަމައެކަނި ދެކުނު ހުވަފެނެއް ކަމަށްވުމުގެ ބިރު އޮންނާނެއެވެ. އެހެންވެ މީކާއީލަށްވެސް އިހްތިރާމް ކޮށްގެން ކެމްޕޭން ކުރިއަށް ގެންދިއުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *