އަދަދު ނޫހަށް ފުލުހުން ވަނުމާބެހޭ ކުއްލި މައްސަލަ  ބޭރު ކޮށްލައިފި

އަދަދު ނޫހަށް ފުލުހުން ވަނުމާބެހޭ ކުއްލި މައްސަލަ  ބޭރު ކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްވާގޮތަށް، އާއްމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން، ތަހުހީގު ކުރަންފެށި ޖިނާއީ މައްސަލައާ ގުޅިގެން "އަދަދު" ނޫހަށް ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ވަތް މައްސަލައިގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަޙަޅަން ނިންމެވި މި ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ފުލުހުން "އަދަދު" ނޫހުގެ އޮފީހަށް ވަދެ ބައެއް ތަކެތި ގެންދިޔުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށެވެ. އަދި ނޫހަކުން އާންމުކުރާ ކޮންޓެންޓާ ގުޅޭ ގޮތުން އުފެދޭ ހިޔާލު ތަފާތުވުމުގެ މައްސަލަަަތައް ބެލުމަށް މީޑިއާ އެންޑް

ބްރޮޑްކާސްޓިން ރެގިއުުލޭޝަން ގާނޫނުން ހާއްސަ މެކޭނިޒަމެއް ކަނޑައަޅާފައިވަ ކަމަށާއި ނޫހަކުން އާންމުކުރާ ކޮންޓެންޓާ ގުޅޭ ގޮތުން އުފެދޭ ހިޔާލު ތަފާތުވުމުގެ މައްސަލަަަތައް ބެލުމަށް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުުލޭޝަން ގާނޫނުން ހާއްސަ މެކޭނިޒަމެއް ކަނޑައަޅާފައިވަނިކޮށް އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން މިނިވަން މީޑިއާއެއްގެ އޮފީހަށް ވަދެ ބަލައި ފާސްކޮށް މުދާ ހިފެހެއްޓުމަކީ މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ކުއްލި މައްސަލަ ތަޅުމުން ބޭރުކޮށްލަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ކުއްލި މައްސަލައަކީ މަޖިލީހުގެ ގަވައިދަށް ފެތޭ މައްސަލައެއް ނޫން ކަމަށެވެ.

ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންޖެހޭނެ ކަމަށް މަޖިލިސް ގަވައިދު ބުނާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައި ވަނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ކަން ފުލުހުން ކަށަވަރު ކޮށްދޭ ކަމަށާއި، ކުއްލި މައްސަލައަކީ ރައްޔިތުން ނުވަތަ ގައުމުގެ އާންމު މަސްލަހަތަށް ސީދާ ގޮތުން އަސަރުކޮށް، ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުނާޅާ ނަމަ އެކަމަށް ފާޑުކިޔުމަށް ހުށަހަޅާ މައްސަލައެއް ކަމަށް މަޖިލިސް ގަވައިދު ބުނާ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (ށ)، (ކ) އަދި (ދ)ގައި ބަޔާންކޮށްފައިވާ ޝަތުރުތައް ހަމަނުވާތީ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *