ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފި

ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފި

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި، ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ފުލުހުންގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ލ. މާބައިދޫ / ސަބުނަމްހައުސް، ހުސައިން ޝަހުބާން (29އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ސޯޝަލް މީޑިއާގައިވަނީ އެ ގޭގައި އަލިފާން ރޯވުމުގެ ކުރިން މީހަކު އެ ގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާންމުވެފައެވެ. އެ މީހާ އެ ގެއަށް ވެދައިވަނީ އަލިފާން ރޯވުމުގެ ފަސް ވަރަކަށް މިނެޓް ކުރިންނެވެ. އެ ގޭ މީހުން ތުހުމަތުކުރާ ގޮތުގައި އަލިފާން ރޯކޮށްފައިވަނީ އެ މީހާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *