އާ މިނިސްޓަރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

އާ މިނިސްޓަރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

މިމަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން އަލަށް ހުވައި ކުރެއްވި މިނިސްޓަރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައީސް މުއިއްޒު، އެމަނިކުފާނުގެ ކެބިނެޓް 20 އިން 15 އަށް މަދު ކުރައްވައި މި ގެންނެވި ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއެވެ.

އިސްތިއުފާ ދެއްވި 10 މިނިސްޓަރުން:މިނިސްޓަ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫންމިނިސްޓަ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލްމިނިސްޓަ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމްމިނިސްޓަ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހީމްމިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ޑރ. އާއިޝަތު ޝިހާމްމިނިސްޓަ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމްމިނިސްޓަ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ ޑރ. މަރްޔަމް މާރިޔާމިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދުމިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރުމިނިސްޓަ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހްމަދުމިއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލު ތަކުގެ ތެރެއިން މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އުވާލައްވައި، ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތައް އެއްކޮށްލައްވައި، އަދި އަނެއްބައި މިނިސްޓްރީގެ މަސައްކަތްތައް ބަދަލު ކުރައްވައި، އާ ފަސް ވަޒީރަކާއެކު ޖުމްލަ 14 ވުޒާރާއެއްގެ ވަޒީރުކަން ދެއްވި ބޭފުޅުން ވަޒީރުކަމުގެ ހުވައި ކުރެއްވިއެވެ.

އާ ފަސް މިނިސްޓަރުންނާއެކު ހުވައި ކުރެއްވި ކެބިނެޓް:މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މޫސާ ޒަމީރުމިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާންމިނިސްޓަ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްމިނިސްޓަ އޮފް އެޑިޔުކޭޝަން، ހަޔަ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއުމިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަ ގީލާ އަލީމިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުމިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުމިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންމިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއުމިނިސްޓަ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް ހީނާ ވަލީދު މިނިސްޓަ އޮފް އިންފްރާސްޓްރަކްޗަ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބްމިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފްމިނިސްޓަ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމްމިނިސްޓަ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދުމި ބދަލުތަކުގެ ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ހަމަ އެކަނި ބަދަލު ގެންނަވާފައި ނުވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ މަގާމަށެވެ.

ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މިމަހު 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އެދުވަހުގެ ޖަލްސާއަށް އިއްވެވުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް ނިންމެވީ އެ މައްސަލަ ދިރާސާކުރުމަށް، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފައެވެ.

އެކަމާބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް އެ ބޭފުޅުންނާބެހޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅި މައުލޫމާތުތަކަށް ބެލުމަށްފަހު، އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދެވެ. ތާއީދު ކުރެއްވީ އިވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަޒީރުއެވެ.

އެވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެގޮހުށަހެޅުން ފާސްކުރިއެވެ.

ދެން އެބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީގެ މި ރިޕޯޓް ފޮނުވާނީ މަޖިލިސް ތަޅުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *