ދެދުވަސް ވަންދެން ހަބަރެއް ނުވި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެދުވަސް ވަންދެން ހަބަރެއް ނުވި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެދުވަސް ވަންދެން ހަބަރެއް ނުވި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެ ދުވަސްވީއިރު ހަބަރެއް ނުވާތީ ބެލިއިރު އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މި މީހާ ފެނިފައި ވަނީ ރ. އަތޮޅު ރަސްގަތީމު ގެއަކުންނެވެ.

އެގޭގައި މަރުވެފައި އޮއްވާ ފެނުނީ، އެކަނި ދިރިއުޅެމުންދިޔަ އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފުފުޅު ކިޔާ މީހެކެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ހާލަތު ބެލުމަަށް އެ ގެއަށް ފުލުހުން ދިޔައީ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.  ރޭ 9:53 އެހާކަންހާއިރު އެ ގެއަށް ވަދެ ބެލި އިރު އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *