މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް، ހުސެއިން ޝަފީގް އައްޔަނު ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) މިއަދު ބުނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރު ރސ 2861، ހުސެއިން ޝަފީގް މިއަދުން ފެށިގެން އައްޔަނު ކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް، ހުސެއިން ޝަފީގް އައްޔަނުކޮށްފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހުގައެވެ.





