4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް އުމުރުން 47 އަހަރުގެ ޖަޒީލު މުހައްމަދެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައަކީ، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައެކެވެ.

އެ މައްސަލައިގެ ތުހުމަތުގައި މީގެކުރިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 ވަނަ މީހާއެވެ.

މި މައްސަލައިގައި ހައްޔަރުރި މީހުންގެ ތެރޭގައި ހިމެނެނީ، ޅ. ނައިފަރު، ކަސްތޫރިމާގެ، މުހައްމަދު ނޫރު އަހްމަދު (40އ) އާއި ސ. މީދޫ، މޫންލައިޓްވިލާ، މުހައްމަދު އަފްރާޙް (40އ) އާއި ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާއީލް ޢާސިފް (36އ) އާއި މާލެ، މ. އޭސިއާ، އަހްމަދު ފާރިސް (39އ)އެވެ.

މި ވައްކަމުގައި ޖުމުލަ ހަތަރު މިލިޔަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ.

އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 50،000 ފަންސާސް ހާސް ދިވެހި ރުފިޔާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *