ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރަކަށް ޝިޔާމް އައްޔަނު ކުރައްވައިފި

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރަކަށް ޝިޔާމް އައްޔަނު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު ކަމަށް އަހުމަދު ޝިޔާމް މިއަދު އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމަށް ރައީސް ވަނީ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުއަލްއުސްތާޒު އަބްދުﷲ ހަމީދުއެވެ.

ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި މިނިސްޓަރު ވަނީ ސޮއިކުރައްވައިފައެވެ.

ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް ރޭ ވަނީ އަލުން އެކުލަވާލައިފިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *