ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އަސްވާޑު އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޮވެމްބަރު 2023 ގައި ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅެވެ.
އަސްވާޑު އިސްތިއުފާ ދެއްވި ކަން ކަށަވަރުކޮށްދިން ކަން ފިޔަވައި އިތުރު ތަފްސީލެއް ރައީސް އޮފީހުން ވެސް ނުދެއެވެ.
އަސްވާޑު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ގައުމަށާއި ގައުމުގެ ހީވާގި ޒުވާނުންނަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. ސާފު ނިޔަތަކާއި ތެދުވެރިކަމާއެކު ޚިދުމަތް ކުރައްވައި ވަޒީރުކަމުގެ މަގާމުން ވަކިވަނީ ފަހުރުވެރިކަމާއެކުގައި ކަމަށް އަސްވާޑު ވިދާޅުވިއެވެ.
އަދި މި ފުރުސަތު ދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށް އަސްވާޑު ވިދާޅުވިއެވެ.





