އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރުގެ މަގާމުން ޑރ. މަރިޔަމް މާރިޔާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޮވެމްބަރު 2023 ގައި ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު މާރިޔާ އައްޔަން ކުރައްވާފައި ވަނީ މަތީ ތައުލީމާ ބެހޭ ވަޒީރަކަށެވެ. އެކަމަކު، ފަހުން، މާރިޔާ ބަދަލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރަށެވެ.
މާރިޔާ އިސްތިއުފާ ދެއްވި ކަން ކަށަވަރުކޮށްދިން ކަން ފިޔަވައި އިތުރު ތަފްސީލެއް ރައީސް އޮފީހުން ވެސް ނުދެއެވެ.
ނަަމަވެސް މި ސަރުކާރުން މިހާރު ދަނީ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެެކްޓަރުންނާއި، ވުޒާރާތަކުގެ ވަޒީރުންގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ.





