އާދަމް ޝަރީފު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި

އާދަމް ޝަރީފު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި

ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އާދަމް ޝަރީފް އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ނޮވެމްބަރު، 2023 ގައެވެ. ވަޒީރު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. އާދަމް ޝަރީފް އިސްތިއުފާ ދެއްވި ކަން ކަށަވަރުކޮށްދިން ކަން ފިޔަވައި އިތުރު ތަފްސީލެއް ރައީސް އޮފީހުން ވެސް ނުދެއެވެ.

ނަަމަވެސް މި ސަރުކާރުން މިހާރު ދަނީ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެެކްޓަރުންނާއި، ވުޒާރާތަކުގެ ވަޒީރުންގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަވަމުންނެވެ. އެ ބަދަލުތައް ގެންނަން ފެށީ މި މަހުގެ 4 ގައި އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީން ޕީއެންސީ އަދި ސަރުކާރަށް ލިބުނު ނާކާމިޔާބީ އަށް ފަހުގައެވެ. އަދި ބައެއް ބޭފުޅުން މަގާމުތަކުން ވަކި ކުރަން ފަށާފައި ވަނީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ބަދަލުތަކުގެ ތެރެއިންނެވެ.

އިންތިހާބަށް ފަހުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެ ތަނުގެ ބައެއް ވެރިން މަގާމުން ވަކިކުރިއިރު، ‏އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ ވެސް މަގާމުން ވަކިކުރިއެވެ.

އޭގެ އިތުރުން ސަރުކާރުގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *