އަލީ އާރިފް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި

އަލީ އާރިފް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އަލީ އާރިފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެ އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާރިފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެބެންގެ ދެދަރި ބޭފުޅެކެވެ. ނަމަވެސް ކުއްލި ގޮތަކަށް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.

ރައީސް އޮފީހުގައި އަލީ އާރިފްގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އެކި ބޭބޭފުޅުން އައްޔަން ކުރެއްވުމާއި ވަކިކުރެއްވިކަން އަންގަވައި، ސިޓީތަކުގައި ސޮއިކުރެއްވުމާއި ރައީސްގެ ސެކްރެޓޭރިއޭޓުގެ މަސައްކަތްތަކެވެ.

އަލީ އާރިފް، ރައީސް މުއިއްޒާ އެކު މަސައްކަތް ކުރައްވަން ފެއްޓެވީ 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހިސާބުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *