މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެއެވެ.
އޭނާ މަރުވީ ހާލު ދެރަވެގެން އިއްޔެއިން ފެށިގެން މުމްބާއިގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. މަރުވިއިރު އުމުރަކީ 92 އަހަރެވެ.
އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މެޔަށް ޖެހުނު އިންފެކްޝަނަކާގުޅިގެން ވަރުބަލިވެ ނޭވާލާން އުނދަގޫ ވުމުގެ ސަބަބުންނެވެ.
އާޝާ ބޯސްލޭ އަކީ އިންޑިއާގެ ލަވަކިޔުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ، 70 އަހަރަށްވުރެ ދިގު މާޒީއެއް އޮތް މަޝްހޫރު ލަވަކިޔުންތެރިއެކެވެ.
އޭނާގެ ކެރިއަރު ފެށިގެން އައީ ދައްތަ ލަތާ މަންގޭޝްކަރުގެ ހިޔަނިދަށުން ކަމަށްވީ ނަމަވެސް، އަމިއްލަ ވަކި ހުނަރަކާއި ޖޯޝުން ފުރިގެންވާ ތަފާތު އަޑަކުން އޭނާ ވަނީ ލަވަކިޔުމުގެ ދުނިޔޭގައި އަމިއްލަ ނަމެއް ބިނާކޮށްފައެވެ.





