ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު އާރިފް އިސްތިއުފާ ދެއްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުގައި، ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކަށް ދަނީ ބަދަލުތައް ގެންނަމުންނެވެ. އެ ބަދަލުތައް ގެންނަވަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މި ދަނޑިވަޅުގައި ބައެއް ކުންފުނިތަކުގެ އިސްވެރިން ގެންދަވަނީ އިސްތިއުފާވެސް ދެއްވަމުންނެވެ.
އެގޮތުން އެމްޕީއެލްގެ މެޏޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން އިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ. އަދި ގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުންނާއި ބޯޑު މެންބަރުކަމުން މޭޖާ (ރިޓަޔާޑް) މުހައްމަދު އިއްޔެ ވަނީ ވަކިކޮށްފައެވެ.
މީގެ އިތުރުންވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކެއް ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.





