މިފްކޯއިން މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގު ބޮޑު ކޮށްފިއެވެ.

މިފްކޯއިން ބުނީ މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

މިފްކޯއިން ބުނި ގޮތުގައި މިދިޔަ މަހުގެ ކުރިން 11.57ރ. ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް ކަމަށެވެ.

މިފްކޯއިން ބުނީ، އެ ސަބަބާހުރެ، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50ރ. އަށެވެ. މީގެ ކުރިން ތެޔޮ މަސްދަޅެއް ވިއްކަމުން ދިޔައީ 17.50ރ އެވެ.

މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް މިހާރު ހަމަޖެހިފައިވަނީ 800ރ. އަށް ކަމަށް މިފްކޯއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *