ކައްދޫގައި ހޫނުމިން 39 އަށް، މި ހަފްތާގައި ރާއްޖެއަށް ވިއްސާރަވާނެ

ކައްދޫގައި ހޫނުމިން 39 އަށް، މި ހަފްތާގައި ރާއްޖެއަށް ވިއްސާރަވާނެ

މިވަގުތު ރާއްޖެއަށް އެންމެ ހޫނުމިން 39 ޑިގްރީ ސެލްސިއަށް އަރާފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓުން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ ހދ. ހަނިމާދޫގައެވެ. ހަނިމާދޫގައި ހޫނުމިން 33 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހްސާސްކުރެވޭ ހޫނުމިން ވަނީ 39 އަށް އަރާފައެވެ. ދެން އެންމެ ހޫނުމިން މައްޗަށް ގޮސްފައި ވަނީ ހުޅުލެއަށެވެ. ހުޅުލޭގައި 33 ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހުރިއިރު، އިހްސާސް ކުރެވޭ ހޫނުމިން ވަނީ 37 އަށް އަރާފައެވެ. ތިންވަނައަށް އެންމެ ހޫނުމިން މައްޗަށް ގޮސްފައި ވަނީ ކައްދޫއަށެވެ. 31.6 ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހުރިއިރު، ކައްދޫގައި އިހްސާސްކުރެވޭ ހޫނުމިން ވަނީ 35.8 އަށް އަރާފައެވެ.

ނަމަވެސް މުޅި ރާއްޖެއަށް ބަލާއިރު ހޫނުމިން އެވްރެޖްކޮށް ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ. އެކަމަކު އިހްސާސް ކުރެވޭ ހޫނުމިން އެއަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ.

މެޓުން ލަފާކުރާ ގޮތުގައި މި ހޫނަށްފަހު މި ހަފްތާގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އެގޮތުން މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށްވެސް ވިއްސާރައިގެ އަަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *