އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، ފަސް ސިޓީގެ ރައީސާކަންވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ގެ އިތުރުން ތިނަދޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ ޑަބްލިއުޑީސީތަކުގެ ރައީސާކަށްވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސާއިންގެ ގޮތުގައި އިންތިހާބުވި ފަރާތްތައް:
މާލޭ ސިޓީ – އައިޝަތު ރީޝާ
އައްޑޫ ސިޓީ – ފާތިމަތު ހިޖްރާ
ފުވައްމުލައް ސިޓީ – މަރިޔަމް ޝިއުނާ
ތިނަދޫ ސިޓީ – މަރިޔަމް ޝަރޫނާ އާދިލް
ކުޅުދުއްފުށި ސިޓީ – އާމިނަތު އިބްރާހީމް





