އިއްޔެ ބޭއްވި ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، މަޖިލިސް އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ދެއްކި ނަތީޖާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާ ކަމަށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް ވިދާޅުވީ، އިއްޔެ ފެނިގެން ދިޔައީ މި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނި މަންޒަރު ކަމަށެވެ.
ފައިސަލް ނަސީމު ވިދާޅުވީ، ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި، ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށްފަހު، އަވަސް އިންތިހާބަކަށް ގޮސް ރައްޔިތުންނަށް އާ ނިންމުމެއް ނިންމުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ފައިސަލް ފާހަގަ ކުރެއްވީ، އިންތިހާބުން ދެއްކި ނަތީޖާއަކީ، މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން ކަމަށެވެ.
އިއްޔެ ނެގި އެންމެ މުހިއްމު ވޯޓު ކަމަށްވާ ދެ އިންތިހާބު އެއްކޮށްލަން ފެޏޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ދައްކާ ގޮތުގައި ވޯޓު ދިން މީހުންގެ 70 އަށްވުރެ ބޮޑު ޕަސެންޓެއް ވަނީ ނޫނެކޭ ބުނެފައެވެ. އެއީ ސަރުކާރުގެ ހުރިހާ ވަޒީލަތްތަކާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއި އެހެންހެން ވަަަސީލަތްތައް ބޭނުން ކޮށްގެން، އެ ވޯޓުގައި އާއެކޭ ބުނަންޖެހޭ ކަމަށް ސަރުކާރު ނިސްބަތްވާ ޕީއެންސީން ބޮޑު ކެމްޕެއިން ކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން ފަސް ސިޓީގެ މޭޔަރުންގެ މަގާމާއި މެޖޯރިޓީ ވަނީ ރައްޔިތުން އިދިކޮޅު އެމްޑީޕީއަށް ދިފައެވެ.





