މިއީ ސަރުކާރުގެ ދޯހަޅި ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފު މެސެޖެއް: ޝާހިދު

މިއީ ސަރުކާރުގެ ދޯހަޅި ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފު މެސެޖެއް: ޝާހިދު

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ދެ އިންތިޚާބު އެކުގައި ބާއްވަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ފެނުނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ މެސެޖެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

މިއަދު ނެގި ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބާއި ގުޅިގެން ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި ރާއްޖެ އަލުން ރަންރީނދޫ ވެގެންދިޔަ މަންޒަރުވެސް މި ވޯޓާއެކު ފެނިގެން ގޮސްފައިވާ ކަމަށެވެ.

"‏މިއަދު މިފެނުނީ މުޅި ރާއްޖެ އަލުން ރަންރީނދޫ ވެގެން ދިޔަ މަންޒަރު. ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފުމެސެޖެއް." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މިއަދު އޮތް އިންތިހާބުގައި ވާދަކުރި އަދި ކާމިޔާބު ހޯދި ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް މަރުހަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ. އަދި ޖުމްލަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށްވެސާ ޝުކުރު އަދާކުރައްވާފައިވެއެވެ.

"މި ފުރުސަތުގައި އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއި، ރަންރީނދޫ ލަޝްކަރާއި، މި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި އެންމެހާ ބޭފުޅުންނަށް އައްސަރިބަހުން ސާބަސްދެން." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ، އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ ދިވެހިރައްޔިތުންގެ ވިންދާއި ޚިޔާލާއި މަޝްވަރާއާއިއެކު،  ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.

އިންތިހާބު ތަކުގެ ވަގުތީ ނަތީޖާއިން އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. އެ ގޮތުން ފަސް ސިޓީގެ މޭޔަރު ކަންވެސް އެމްޑީޕީއަށް ވަނީ ލިބިފައެވެ. އަދި ފެންނަ. ނުފެންނަ ވޯޓުގައިވެސް ސަރުކާރަށް ވަނީ ނާކާމިޔާބު ކުރިމަތިލާން ޖެހިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *