އީސީން އަމަލުކުރަނީ ފަރުވާކުޑަކޮށް، ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޔާމީން

އީސީން އަމަލުކުރަނީ ފަރުވާކުޑަކޮށް، ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޔާމީން

ކައުންސިލް އިންތިހާބުގެ ވޯޓުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން އަމަލު ކުރަމުންދަނީ ފަރުވާ ކުޑަކޮށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވޯޓު ލުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ދުސްތޫރީ ނިޒާމުގެ އަސާސީ ސިފައަކާ ގުޅޭ ގޮތުން ވޯޓެއް ނަގަމުންދާއިރު މިއީ އިހުތިޔާރީ ވޯޓެއްގެ ގޮތުގައި އެއްވެސް ރައްޔިތަކު ދެކިގެން ނުވާނެ ކަމަށެވެ. މިއީ ކޮންމެ މީހަކު ވެސް ނުކުންނަން ކޮންމެހެން ޖެހޭ ވޯޓެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ވެސް މިއަދު ވޯޓު ދެއްވަން ވަޑައިގަންނަވާ. އެއްގޮތަކަށް ވެސް އިހުތިޔާރީ ވޯޓަކަށް މި ވޯޓު ނުބައްލަވާ. މަޖުބޫރު ވޯޓަކަށް ހައްދަވާ،" ޔާމީން ވިދާޅުވި އެވެ.

ގިނަ ރައްޔިތުން ބައިވެރިވެ، ބަސް ބުނެފައިވާ ވޯޓެއްކަން ކަށަވަރުކުރުމަކީ އީސީގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އީސީން ކަންކަން ހަމަޖައްސާފައިވަނީ ވަރަށް ގައިރު ޒިންމާދާރުކޮށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރީރަޖިސްޓްރީވާން މީހުންގެ އިންޓްރެސްޓެއް، ޝައުގެއް ފެންނަން ނެތީމައި ތިމަންނަމެންގެ [އީސީގެ] ވެސް އިންޓްރެސްޓެއް ނެތޭ. އެހެނެއް ނޫން އެ ކަން އޮންނަން ވާނީ. އީސީގެ އިންޓްރެސްޓް އޮންނަން ވާނެ ގައުމީ މިހާ ބޮޑެތި ކަންކަމުގައި މީހެއްގެ އިންޓްރެސްޓް ނެތަސް،" ޔާމީން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *