ފުރާނައަށްވުރެ ދަރިން މުހިންމުވި: އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ބައްޕަ މިދުނިޔެއާ ވަކިވެއްޖެ

ފުރާނައަށްވުރެ ދަރިން މުހިންމުވި: އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ބައްޕަ މިދުނިޔެއާ ވަކިވެއްޖެ

ވ. ފުލިދޫގައި މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި، އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރަން އުޅުނު ބައްޕައަކު ވަނީ ނިޔާވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ، ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތް ކުރި މީހަކު ހާލު ދެރަވެގެން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:10 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހާލު ދެރަވެގެން ފުލިދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ، އޮޔާދިޔަ އޭނާގެ ދެ ދަރިން ސަލާމަތް ކުރުމަށް އެ ބައްޕަ ކުރި ހިތްވަރުގަދަ މަސައްކަތުގެ ތެރޭގައެވެ.

ދަރިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރި މި މަސައްކަތުގައި އެ ބައްޕަ ވަނީ މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *