ދެ ކިލޯއަށްވުރެން ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެމީހުން ބަންދު ކޮށްފިއެވެ.
މި ދެމީހުންނަކީ އިންޑިއާ ދެމީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިމްރާން ޕާޝާ (33އ) އާއި ކްރިސް އެމްބްރީސިޔާ (27އ) އެވެ.
ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން މިދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ، އެމީހުން ހައްޔަރު ކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގްލްކޮށް ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުުގައި ކަމަށެވެ.
އެ ދެމީހުން ރާއްޖެ އައިއިރު ގެނައި ދެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ފުޅިފެނިފައިވާކަމަށ،ް އެ ފުޅިތަކުން، 2.4 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.





