މަޖިލިސް މެންބަރުންނާއި ކައުންސެލަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭގޮތް ހަދަނީ

މަޖިލިސް މެންބަރުންނާއި ކައުންސެލަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭގޮތް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގައި އެމީހުން ވަކިކުރުމާ ގުޅޭގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ މި ދައުރަށް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައ ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ހާލަތުގައި، ހިނގަމުންދާ ދައުރުގެ ތެރެއިން މެންބަރުން ވަކި ކުރެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމާބެހޭ ފަންނީ މަޝްވަރާތައް މިހާރު ކުރައްވަމުންދާ ކަމަށެވެ.

މިހާރު އޮންނަ އުސޫލަށް ބަލާއިރު މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ދައުރު މެދުތެރެއިން ވަކިކުރެވޭނެ ސީދާ އުސޫލެއް ނެތް ނަމަވެސް،، އޭގެ ބަދަލުގައި ކައުންސިލް މެންބަރެއް ނަމަ، އެލްޖީއޭއިން ފިޔަވަޅު އަޅާ ކަމަށާއި، މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލެނީ ހުކުމެއް އައުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ދުނިޔޭގެ ދިމިޤްރާތީ ހަމަތަކަށް މަސައްކަތް ކުރާ ޤައުމުތަކުގައި އިންތިހާބީ މަގާމުތަކަށް ހޮވާ ފަރާތްތަކުގެ އެ މަގާމުން ދުރުކުރުމުގެ ނިޒާމެއް އޮންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން އެކަމާއި ގުޅޭ ފަންނީ ދިރާސާތައް ކުރެވި ކާމިޔާބުކަމާއެކު ނިޒާމު ހިންގާ ޤައުމުތަކުގައި މިކަން ކުރެވޭ ގޮތް ބަލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ އިސްލާހެއް ގެނައުމުގެ ކުރިން މިކަން ކުރެވޭނެ ހަރުދަނާ އުސޫލްތަކެއް ގާނޫނުގައި ބަޔާންކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ވޯޓު ނެގޭނެ އުސޫލާއި، ރައްޔިތުން އެފަދަ ކަމަކަށް ހުށަހަޅާނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *