ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ލޯންޗު ކެޕްޓަނަށް އަނިޔާ ވެއްޖެ

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ލޯންޗު ކެޕްޓަނަށް އަނިޔާ ވެއްޖެ

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ލޯންޗް ދުއްވަން އިން ކެޕްޓަނަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި، އެމްޕީއެލްއާއި ދިމާލު ބޭރުގައި، މި އެކްސިޑެންޓް ހިނގީ އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހިގެންންނެވެ. މިއެކްސިޑެންޓް ހިނގައިގެން އެ އެކްސިޑެންޓުގެ މައުލޫމާތު، ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:39 އެހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެކްސިޑެންޓް ހިނގިއިރު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިންނެވެ. އެ އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *