އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރުމުން، އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފިއެވެ.
ފުލުހުން ބުނީ ދެ ފުލުހަކު ހުއްދަ ނޫން ޖިންސީ މުއާމަލާތްތެއް ހިންގިކަމުގެ ކުށް ސާބިތުވާާކަމަށް ކޯޓުން ހުކުމްކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
ކޯޓުން ވަނީ އެ ދެ ފުލުހުންގެ ތެރެއިން ކޮންމެ ފުލުހަކު 5،400 ރުފިޔާއިން ޖޫރިމަނާކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
އެ ދެ ފުލުހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ، އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރުމުގެ ކަންކަން ފަށައިފައިވާކަމަށް ފުލުހުން ބުންޏެވެ.





