ހަނިމާދޫ ބިމުގެ މައްސަލައިގައި މަދަނީ ގޮތުން ގާނޫނީ ހައްލު ހޯދަން ފުލުހުން އިރުޝާދުދީފި

ހަނިމާދޫ ބިމުގެ މައްސަލައިގައި މަދަނީ ގޮތުން ގާނޫނީ ހައްލު ހޯދަން ފުލުހުން އިރުޝާދުދީފި

ހދ. ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެރަށު ކައުންސިލަށް އިރުޝާދުދީފިއެވެ.

ފުލުހުން މިއަދު ބުނީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެނގިފައި ވަނީ، މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުން ހުރި ކަމެއް ކަމަށް. އަދި މިހާތަނަށް ބެލިބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައެއް ނުވޭ." ފުލުހުންޏެވެ.

އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާއިރު އެރަށުން ގޯތި ދޭރީ ރަށު ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ ރައްޔިތުން ބުނަނީ އެރަށުން އެހެން ރަށެއްގެ ބަޔަކަށް ބިން ދޫކުރަންވާނީ އެރަށު ރައްޔިތުންނަށް ބިން ދޫކުރުމަށް ފަހުގައި ކަމަށެވެ.

އެކަމާ ދެކޮޅަށް ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *