ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށައެޅި ކަމަށާއި އޭނާއަށް ވެސް ރިޝްވަތު ހުށައެޅި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީއެންސީ މައްޗަންގޮޅީ އުތުުރު ދާއިރާ ޖަގަހަ ހުުޅުުވުުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުުޅު ދައްކަވަމުން ސަލީމް ވިދާޅުުވީ، ރައީސް މުއިއްޒުގެ ވެރިކަން ފެށި ތިން ވަރަކަށް މަސް ތެރޭ، ވެރިކަން ވައްޓާލުުމަށް އެހީތެރިވުމަށާއި ބޭނުުންވާ ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް ބުނެ ހުށައެޅި ކަމަށެވެ.
ސަލީމް ވިދާޅުވި ގޮތުގައި، ވެރިކަން ގެއްލުުމާ ގުުޅިގެން، ރައްޔިތުންގެ ނިންމުުމާ ދެކޮޅަށް، އެމްޑީޕީއަށް ލިބިފައި އޮތް ސުުޕަ މެޖޯރިޓީ ބޭނުުންކޮށްގެން ޣައިރު ގާނޫނީ ގޮތްގޮތުން ވެރިކަން ވައްޓާލުމަށް އެމްޑީޕީ ތެރެއިން ހިންގި ކަންކަން ހިނގާފައިވާ ކަމަށެވެ. ސިޔާސީ ބޭނުުމުގައި ޤާނޫނާ ޚިލާފަށް ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށާއި، ގައުުމާ ރައްޔިތުންގެ ލާބައަށް އެ ޕާޓީ ނޭދޭ ކަމަށް ވެސް ވިދާޅުުވިއެވެ.
ސަލީމް ވަނީ ކުުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުުންގެ ތަރައްގީ ކޮމިޓީ އިންތިޚާބުުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުުންނަށް ތާއީދުުކޮށް ވޯޓު ދެއްވުުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.





