މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވަނީ، ބޮޑުތަކުރުފާނު މަގުގެ ފޭސް1ގެ ބާކީ ހިމެނޭ 4 ސެގްމަންޓްގެ މަސައްކަތެކެވެ.
ފޭސް 1ގައި ހިމެނެނީ، މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ޓާމިނަލްއާ ހަމައަށެވެ. މީގެތެރެއިން ސެގްމަންޓް 1ގެ ގޮތުގައި ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީނު ފާލަމާ ހަމައަށް ވަނީ ތާރުއަޅާ ތަރައްޤީކޮށް، ޑިސެމްބަރު 8ވަނަ ދުވަހު ބޭނުންކުރަން ހުޅުވާލާފައެވެ.
އެމްޓީސީސީން ވިދާޅުވީ، ބާކީ ހިމެނޭ 4 ސެގްމަންޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފަވަނީ އެކުއެކީގައި ކަމަށެވެ. އެއީ، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާއި ހަމައަށް ހިމެނޭ 700 މީޓަރުގެ މަގުގެ ސަރަޙައްދެވެ.
އަދި މި މަސައްކަތާ އެކުއެކީގައި ބަނދަރުގެ އެއްގަމު ތޮށިވެސް މުޅިން އަލަށް ތަރައްޤީ ކުރާނެއެވެ. އެއީ، 610 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތެވެ.
އެމްޓީސީސީން ވިދާޅުވީ މި މަގު ފަރުމާ ކޮށްފައިވާއިރު، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާކުރާނެ ކަމަށެވެ.
މަގުގެ މަސައްކަތަށް އަންނަ ހޯމަ ދުވަހުން ފެށިގެން އެ ސަރަޙައްދު ބަންދު ކުރާއިރު، އެ ސަރަޙައްދުގެ ޓްރެފިކަން އަންނާނެ ބަދަލު ފުލުހުން އިއުލާނު ކުރާނެއެ





