ސްކޭމެއް ހިންގައިގެން، މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް، ދެލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތ. މަޑިފުށި ޖަވާހިރުވާދީ އަހްމަދު އާދަމަށް ތުހުމަތު ކުރެވެނީ ގިނަ ބަޔަކު ބައިވެރިވެގެން މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް 270،000 އަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއްގައި ކަމަށެވެ.
މި ފައިސާގެ ތެރެއިން ފަންސަވީސް ހާސް ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއ،ި އެފައިސާ އޭނާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ހުށަހެޅުމުން، އިއްޔެއިން ފެށީގެން އިތުރު 15 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.





