ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުމެއް ނުކުރެވޭނެ: ހަލީލް

ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުމެއް ނުކުރެވޭނެ: ހަލީލް

އިސްރާއީލާ އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމާގައި އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނޭކަމަށް ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާރިޖީ ވަޒީރު ވިދާޅުވީ، އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައި ނުވާނޭކަމަށާއި އެކަމުގެ ހުއްދަ ދީފައިވެސް ނުވާނޭކަމަށެވެ.

ވަޒީރު ވިދާޅުވީ ބައެއް ފަރާތްތަކުން އެފަދަ ކަންކަމަށް އެދުނު ނަމަވެސް އެ ފުރުސަތު ދެވެން ނޯންނާނެވާހަކަ އަންގަމުންދާކަން މިއަދުގެ ޕްރެސްގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އެފަދަ އަންނަ ރިކުއެސްޓްތައްވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން ތިބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން. އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދައެއް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދައެއް ނުދޭކަން ތިބޭފުޅުންނަށް ހަމަ ދަންނަވާލަން." ހާރިޖީ ވަޒީރު ހަލީލް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ މަޝްރަހް ކުރިއަށްދާގޮތުން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދިރާސާ ކުރަމުންދާކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެ ކުރާ އެއް ކަމެއްގެ ގޮތުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމްތައް ހަރުދަނާ ކުރަމުންދާކަން ހަމަޖައްސަމުންދާކަން ވަޒީރު ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ މިވަގުތު ގަލްފް ސަރަހައްދު ބަންދުކުރެވިފައިވާތީ ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތްތައްވެސް އަވަށްޓެރި ގައުމުތަކާއި އަދި އެހެންވެސް ގައުމުތަކުން ކަށަވަރުކުރުމުގެ އިންތިޒާމްތައް ކުރަމުން ގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *