ފިރިމީހާގެ ގެ ހަދަން އަނބިމީހާ ހަރަދުކުރި 1 މިލިއަން ރުފިޔާ ދައްކަން އަންގައިފި

ފިރިމީހާގެ ގެ ހަދަން އަނބިމީހާ ހަރަދުކުރި 1 މިލިއަން ރުފިޔާ ދައްކަން އަންގައިފި

ދެމީހުން އިނދިގެން އުޅުނުއިރު، އެމީހުން ދިރިއުޅޭ ގެ ހަދަން، އަނބިމީހާގެ ހައިސިއްޔަތުން އޭރު ހަރަދުުރި 1026440 ރުފިޔާ އޭނާއަށް ދައްކަން ކުރީގެ ފިރިމީހާގެ މައްޗަށް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ މައްސަލައެކެވެ.

މިއީ ށ. ފުނަދ،ޫ އުނިޝް ޖަޒީލާ މުހައްމަދު އާއި ހަމަ އެގޭ ހުސައިން އަލީ ކައިވެނި ކޮށްގެން އުޅުނު ދުވަސްވަރު ފުނަދޫއިން ހުސައިން އަލީއަށް ލިބުނު "އުނިޝް" އޭ ކިޔުނު ގޯތީގައި ގެއެއް އިމާރާތް ކުރުމާއި މަރާމާތު ކުރުމުގެ ހަރަދަށް، އޭނާގެ އަނބިމީހާ ޖަޒީލާގެ ފަރާތުން ހަރަދު ކޮށްފައިވާ ޖުމްލަ 1026440 ރުފިޔާ ދައްކާފައި ނުވާތީ، އެ ފައިސާ އާއި އުނިޝް ގެ އާއި އެ ގޯތިން ބައެއް ހުސައިން އަލީގެ ކިބައިން ހޯދުމަށް ޖަޒީލާގެ ފަރާތުން ކުރި ދައުވާއެކެވެ.

މިދައުވާއާ ގުޅިގެނ،ް ދައުވާގެ ލިޔެކިޔުންތައް ހުސައިން އަލީއަށް ރައްދުކުރި ނަމަވެސް ދައުވާއަށް ރައްދު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުސައިން އަލީގެ ފަރާތުން ރައްދު ދީފައެއް ނުވެއެވެ.

އެހެން ކަމުން ޖަޒީލާ މުހައްމަދުގެ ފަރާތުން އެދުނީ މި މައްސަލައިގައި ގައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ.

އެގޮތަށް ހުކުމް ކޮށްދިނުމަށް އެދި ހުށަހެޅި ފޯމުގައި ޖަޒީލާ މުހައްމަދުގެ ފަރާތުން އެދިފައި ވަނީ އުނިޝް އެވެ ކިޔުނު ގޯތި އިމާރާތްކޮށް މަރާމާތު ކުރުމަށް އޭނާ ހަރަދު ކޮށްފައިވާ ޖުމްލަ 1026440 ރުފިޔާ އެކީ އެއްފަހަރާ ޖަޒީލާ މުހައްމަދަށް ދެއްކުމަށް ހުސައިން އަލީއަށް އަންގައި އަމުރު ކޮށްދިނުމަށެވެ.

އެހެން ކަމުން ޣައިރު ހާޒިރުގައި ކުރާ ހުކުމުގެ އިޖުރާއަތު މި ގަޒިއްޔާގައި ފުރިހަމަވާ ކަމަށް ކަނޑައެޅިއެވެ. އަދި މި ދައުވާ ސާބިތު ކުރުމައްޓަކައި މި މައްސަލައިގެ ދައުވާ ފޯމާއެކު މައްސަލަ ސާބިތުކުރަން އެދޭ ލިޔެކިޔުންތައް ޖަޒީލާ މުހައްމަދުގެ ފަރާތުން ހުށަހަޅާފައިވާތީ، ހުސައިން އަލީއާ ދެކޮޅަށް ދައުވާ ސާބިތު ވާކަމަށް ކަނޑައެޅިއެވެ.

އެކަން ކަމަށް ބިނާކޮށް މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ، މިދައުވާގައި ހުސައިން އަލީގެ ފަރާތުން ޖަޒީލާ މުހައްމަދު ހޯދުމަށް އެދުނު 1026440 ރުފިޔާއާ 14 ދުވަހުގެ ތެރޭގައި ޖަޒީލާ މުހައްމަދުއަށް ދެއްކުމަށް ހުސައިން އަލީއަށް އަންގާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *