ސްކޭމެއް ހިންގައިގެން، މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް، 2 ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ދެމީހުން ހައްޔަރު ކޮށްފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ތ.މަޑިފުށި ޖަވާހިރުވާދީ އަހްމަދު އާދަމް އާއި ގއ. ކަނޑުހުޅުދޫ ފޫހިވާގެ މުހައްމަދު އަލީ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އަހްމަދު އާދަމަށް ތުހުމަތު ކުރެވެނީ ގިނަ ބަޔަކު ބައިވެރިވެގެން މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް ދެލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން އެކި މީހުންގެ އެކައުންޓްތަކަށް މިފައިސާ ޓްރާންސްފާކޮށް ނަގާފައިވާކަމަށާއ،ި އޭނާގެ އެކައުންޓަށް އެ ފައިސާގެ ބައެއްޖަމާވެފައިވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ތުހުމަތުކުރާ މުހައްމަދު އަލީ އަށްވެސް ތުހުމަތު ކުރަނީ އެކި މީހުންގެ އެކައުންޓްތަކަށް މިފައިސާ ޓްރާންސްފާކޮށް ނަގާފައިވާކަމަށާއ،ި މީނާގެ އެކައުންޓަށް އެ ފައިސާގެ ބައެއްޖަމާކޮށްފައިވާ ކަމަށެވެ.
ގެއްލިފައިވާ ފައިސާގެ ތެރެއިން 25،242.80 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ނެގުމަށްފަހު މީހަކާ ހަވާލުކުރިކަމަށް އޭނާ ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުން މީނާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފައެވެ.





