އެމްޑީޕީގެ މުޒަހަރާއާ ގުޅިގެން މެންބަރު ޒާކިރާއި އިތުރު ބަޔަކަށް ދައުވާކޮށްފި

އެމްޑީޕީގެ މުޒަހަރާއާ ގުޅިގެން މެންބަރު ޒާކިރާއި އިތުރު ބަޔަކަށް ދައުވާކޮށްފި

މިދިޔަ އަހަރުގެ އޮކްޓޫބަރު ކަމުގެ ތިންވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ކުރި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު މެންބަރުންތަކެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ކުރިމިނަލް ކޯޓުގައި އެމީހުންގެ މައްޗަށް ދައުވާާކުރީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައެއްގައި ކަމަށެވެ.

ދައުވާކުރި މީހުން: އަބްދުއްސަލާމްމުހައްމަދު ހަމާއިދު އަބްދުލް ގަނީއަލީ ނައުފަލްމައުރޫފް ޒާކިރުއާއިޝަތު ނަޖުދާ އަލީއަލީ މުއައްވަޒްފާއިމަތު ޒަހިއްޔާހުސައިން ރަޝީދުމި މީހުންނަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި އިތުރު ހަތް މީހަކަށް ތުހުމަތުކުރާ ކަމަށެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ގާރީނާ ލިބިފައި ނުވާތީ އާއި، ދައުވާކުރުމުގެ އާންމު މަސްލަޙަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ހިދުމަތަށް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *