މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ ގުޅޭ އޮޑިޓް ރިޕޯޓު ދޫކުރަން އޮޑިޓް އޮފީހަށް އަމުރުކޮށްފި

މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ ގުޅޭ އޮޑިޓް ރިޕޯޓު ދޫކުރަން އޮޑިޓް އޮފީހަށް އަމުރުކޮށްފި

މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ވިޔަފާރިއާބެހެގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯތެއް، އެ ކުންފުންޏަށް ދިނުމަށް ސިވިލް ކޯޓުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ވިޔަފާރިއަށް ލިބިފައިވާ ގެއްލުންތަކެއް ވަޒަންކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށް ބަންޑާރަނާއިބުގެ އޮފީހަށް ފޮނުވާފައިވާ ރިޕޯޓެއް ހޯދުމަށް މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ ރިޕޯޓު ދޫކުރުމަށް އެ އޮފީހުން އިންކާރު ކުރުމާ ގުޅިގެން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާކުރި މި މައްސަލައިގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ އެ ރިޕޯޓު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްދިނުމަށް އޮޑިޓާ ޖެެނެރަލްގެ އޮފީހުގެ މައްޗަށް ކޯޓުން އަމުރުކޮށްދިނުމަށެވެ. އެދި  ބެލި މައްސަލައެކެވެ.

މި މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 22 ވަަނަ ދުވަހު އޮޑިޓާ ޖެނެރަލް އޮފީހަށް ކޯޓުން ދައުވާ ރައްދުކޮށް ދައުވާ ފޯމުހަވާލުކުރިއެވެ. ދައުވާފޯމާ ހަވާލުވެ ދައުވާއަށް ދިފާއު ހުށަހެޅުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެ އޮފީހުން އެދުނެވެ. ނަމަވެސް މިދިޔަ ޖެނުއަރީމަހުގެ 15 ވަނަ ދުވަހާހަމައަށް އިތުރުކޮށްދިން މުއްދަތުގއިވެސް އެ އޮފީހުން ދިފާއު ހުށަހަޅާފައެއްނުވެއެވެ. އަދި މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެއްވެސް ނުވެއެވެ.

ގާނޫނު ބުނާގޮތުން އެގޮތަށް ދައުވާ ރައްދުވާ ފަރާތުން ދިފާއު ހުށަނާޅާ ނަމަ އެފަރާތުގެ ގައިރު ހާޒިރުގައި މައްސަލައިގެ ހުކުމްކޮށްދިނުމަށް ދައުވާ ހުށަހެޅި ފަރާތައް އެދެވޭނެއެވެ. އެގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ދައުވާއަށް ދިފާއު ހުށަހަޅާފައިނުވާތީ އާއި މުއްދަތު އިތުރުކުރަން އެދިފައިނުވާތީ، މައްސަލައިގައި ހުކުމްކޮށްދިނުމަށް މިދިޔަ ޖެނުއަރީމަހުގެ 22 ހުގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ކޯޓުގައި އެދުނެވެ.

މި މައްސަލައިގައި ސިވިލްކޯޓުން އިއްޔެ ހުކުމްކުރީ، އޮޓިޓާ ޖެެނރަލްގެ އޮފީހާ ދެކޮޅަށް މި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި މި މައްސަލައިގައި ހިމެނޭ އޮޑިޓް ރިޕޯޓް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވިގޮތަަށް އުނި އިތުރެއްނެތި ހަތް ދުވަހުގެ ތެރޭގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދޫ ކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *