އީސީގެ މެންބަރަކަށް ރިފްއަތު އައްޔަން ކުރައްވައިފި

އީސީގެ މެންބަރަކަށް ރިފްއަތު އައްޔަން ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ އަލްއުސްތާޒު ރިފްއަތު އަބްދުﷲ މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އީސީގެ މެންބަރުކަމުގެ ހުވާކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައި ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރިފްއަތަށް ހުވާ ލައިދެއްވީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ރިފްއަތަށް އީސީގެ މެންބަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްއަތު އެންމެ ފަހުން ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *