ވަހީ އަންނަކަމަށް ދައުވާކުރި މީހާގެ މައްސަލަ ބަލަނީ

ވަހީ އަންނަކަމަށް ދައުވާކުރި މީހާގެ މައްސަލަ ބަލަނީ

"ވަހީ އަންނަ ކަމަށް ބުނެ" ވާހަކަ ދައްކަމުން އަންނަ ދިވެހި މީހާއަށް ފިޔަވަޅު އަޅަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކަމާ ބެހޭ އިދާރާތަކުގައި އެދިއްޖެއެވެ.

ޓިކްޓޮކްގައި މީހަކު ދަނީ ލައިވް މެދުވެރިކޮށް ދީނާ ހިލާފު އެކި ވާހަކަތައް ދައްކަމުންނެވެ.

އެ މީހާ މިކަންތައް ކުރަމުން ދަނީ ރާއްޖެއިން ބޭރުގައި ހުރެގެންނެވެ. މިދިޔަ ހުކުރު ދުވަހު މި މައްސަލަ ފެންމަތިވިއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ތިމަންނާ އަށް ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ އަގީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި އެ ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކަމަށް ބެލެވޭ އެ މީހާ ދައްކަމުން އަންނަ އެ މީހާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *