ޕީއެންސީން 28 ކައުންސިލް އަދި 42 އަންހެނުން ކޮމިޓީގެ ގޮނޑި ކަށަވަރުކޮށްފި

ޕީއެންސީން 28 ކައުންސިލް އަދި 42 އަންހެނުން ކޮމިޓީގެ ގޮނޑި ކަށަވަރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް 28 ގޮނޑި ޕީއެންސީން ކަށަވަރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކުގެ ނަންތައް އިއުލާންކޮށްފައެވެ.

ކައުންސިލް ގޮނޑިތަކަށް ބަލާއިރު ޕީއެންސީން 28 ގޮނޑި ކަށަވަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލް ރައީސް ގޮނޑިތައްވެސް ހިމެނެއެވެ. އެމްޑީޕީން ކަށަވަރުކުރީ އެންމެ އެއް ގޮނޑިއެކެވެ. އެއީ އއ. ބޮޑުފޮޅުދޫ ކައުންސިލް ރައީސް ގޮނޑިއެވެ. އަދާލަތު ޕާޓީންވެސް އެންމެ އެއް ގޮނޑި ކަށަވަރުކުރިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓަކު ކައުންސިލް ގޮނޑި ކަށަވަރުކުރިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ބަލާއިރު، ޕީއެންސީން 42 ގޮނޑި ކަށަވަރުކޮށްފައިވެއެވެ. އެމްޑީޕީއަށް ފަސް ގޮނޑި ކަށަވަރުވެފައިވާއިރު، އަދާލަތު ޕާޓީއަށް އެއް ގޮނޑި ކަށަވަރުވިއެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކު އަންހެނުންގެ ކޮމިޓީގެ ގޮނޑި ކަށަވަރުކުރިއެވެ.

ޕީއެންސީން ކަށަވަރުކުރި ކައުންސިލް ރައީސް ގޮނޑިތަކުގެ ތެރޭގައި ހއ. އުތީމު ކައުންސިލް ރައީސް އަބްދުﷲ ރަޝީދު، ހއ. ބާރަށް ކައުންސިލް ރައީސް އަލީ ޝަމީމް، އއ. ހިމަންދޫ ކައުންސިލް ރައީސް މުހައްމަދު އަކްރަމް އަހްމަދު، އދ. ކުނބުރުދޫ ކައުންސިލް ރައީސް މުހައްމަދު އަޒުމީ، އދ. މަންދޫ ކައުންސިލް ރައީސް މުހައްމަދު ސައީދު، އދ. ދިއްދޫ ކައުންސިލް ރައީސް އަނީސް މުހައްމަދު އަދި ލ. މުންޑޫ ކައުންސިލް ރައީސް އާދަމް ނާސިފު ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މުޅި ލިސްޓް  އާއްމު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *